ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ގުރައިދޫ ސްކޫލްގެ އޮފީސް އަދި ސްޓާފްރޫމަށް ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 މެއި 21 ން 2025 މެއި 28 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/1E5czvo7N4ccktMz8
4. މި ބީލަމާ ގުޅޭގޮތުން ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 2025 މެއި 29 ބުރާސްފަތި ދުވަހުގެ 13:45 ގައި ގުރައިދޫ ސްކޫލް އޮފީހު ގައެވެ.
5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 28 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
6. ބީލަން ހުޅުވުން އޮންނާނީ 2025 ޖޫން 02 ވަނަ ދުވަހުގެ 10:00 ގައި ގުރައިދޫ ސްކޫލް އޮފީހު ގައެވެ.
7. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ގުރައިދޫ ސްކޫލް
ކ.ގުރައިދޫ
ފޯން: 6640574
އީ-މެއިލް:[email protected] ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/1E5czvo7N4ccktMz8