| 
 މަޤާމު 
 | 
 ކޮމިއުނިޓީ ހެލްތު އޮފިސަރ 
 | 
| 
 ބޭނުންވާ އަދަދު 
 | 
 1 (އެކެއް) 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1 
 | 
 ރޭންކް: އެމް އެސް 1 
 | 
| 
 މުސާރަ 
 | 
 މަހަކު -/5610 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/2500 ރުފިޔާ 
 | 
| 
 ޑިވިޝަން/ ސެކްޝަން 
 | 
 ޕަބްލިކް ޙެލްތު ޔުނިޓް 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން 
 | 
 ހއ.އަތޮޅު ހޮސްޕިޓަލް/ ހއ.ދިއްދޫ 
 | 
| 
 އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން 
 | 
 ހއ.މުރައިދޫ ޞިއްޙީ މަރުކަޒު 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން
 
- ވެކްސިންގެ އެންމެހާ ކަންތައްތަކެއް ބެލެހެއްޓުން
 
- ހޯމްވިޒިޓް ކުރުން
 
- ފާމަސީ، ކާބޯތަކެތި ހަދާ ވިއްކާތަންތަނާއި އަދި މަސްދޯނިފަހަރު އިންސްޕެކްޓް ކުރުން
 
- ނެޝަނަލް ޕްރޮގްރާމްތަކުގެ ތެރެއިން ޓީ ބީ ޕްރޮގްރާމާއި، ނެޝަނަލް އެއިޑްސް ޕްރޮގްރާމާއި އެން.ސީ.ޑީ ޕްރޮގްރާމްގެ އެއްމެހައި މަސައްކަތްތައް ސްޓޭންޑަރޑް ގައިޑްލައިންތަކާ އެއްގޮތަށް އަތޮޅު ފެންވަރުގައާއި ރަށުފެންވަރުގައި ކުރުން
 
- ނެޝަނަލް ތެލަސީމިޔާ ޕްރޮގްރާމް އަތޮޅުތެރެއާއި ރަށުފެންވަރުގައި ހިންގުމާއި، ކަމާގުޅޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ދުވަހަށް ތައްޔާރުކޮށް ކަމާގުޅޭ އިދާރާތަކަށް ފޮނުވުން
 
- ޕަބްލިކް ހެލްތު ޔުނިޓްގައި ކުރައްވަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމާއި ޖަވާބުދޭންޖެހޭ ލިޔުންތަކަށް ގަވާއިދުން ދުވަހުން ދުވަހަށް ޖަވާބުތައްޔާރުކޮށް ފޮނުވުން   
 
  | 
| 
 ތަޢުލީމާއި ތަޖުރިބާ 
 | 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
  | 
| 
 އިނާޔަތްތައް 
 | 
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތު ފައިސާ އާއި ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު، (މިފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިހޮސްޕިޓަލްގެ ރިސެޕްޝަން ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭފަރާތައް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- މަސައްކަތުގެ ތަޖުރިބާ ދެނަގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީވީ)  
 
  | 
| 
 ސުންގަޑި  
 | 
 މިމަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ހުށަހަޅުއްވުން އެދެމެވެ. 
 | 
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން 
 | 
 2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ހއ.އަތޮޅު ހޮސްޕިޓަލްގައި 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6500053 އެވެ. އަދި ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިހޮސްޕިޓަލްގެ ރިސެޕްޝަން ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. 
 |