ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
މި ކޯޓަށް ފޮޓޯ ނަގާ ކެމެރާ (އެކްސެސަރީސް އާއެކު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 މި ކޯޓުގެ ނަންބަރު (IUL)197-A2/1/2025/15 (30 އޭޕްރީލް 2025) އިޢުލާނުން މި ކޯޓަށް ފޮޓޯ ނަގާ ކެމެރާ (އެކްސެސަރީސް އާއެކު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އާއި ހުށަހަޅާފައިވާ އަންދާސީ ހިސާބު އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ޖޫން 2025 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

          އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 02 ޖޫން 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

21 މޭ 2025
ހޯދާ