ދިވެހިރާއްޖެ
ފެލިދޫ އިޖްތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފުކުރުމަށް ރައްޔިތު އަންހެނުންގެ ތެރެއިން 18 އަހަރުން މަތީގެ އަންހެނުން ބައިވެރިކޮށްގެން އެމަސައްކަތް 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ފައިސާ، މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ހަމަހަމަ އުޞޫލުން ބަހާގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.
ވިމާ، ފެލިދޫ އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ޟައުޤުވެރިވާ ޢުމުރުން 18 އަހަރުން މަތީގެ އަންހެނުން މިއިދާރާއިން ދޫކުރާ 2025 ވަނަ އަހަރު ފެލިދޫގެ އިޖްތިމާޢީ ސަރަހައްދު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 29 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަގު ކުނިކެހުމުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް، ދޫކުރުމާއި ފޯމް ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ފެށިގެން މެންދުރުފަހު 13:00 އަށެވެ.