މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގދ. ތިނަދޫ ކެމްޕަސް
|
ގްރޭޑް:
|
5
|
ސްޕައިން ޕޮއިންޓް:
|
22
|
މަޤާމުގެ މުސާރަ:
|
މަހަކު 6,728.62 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,883.70 ރުފިޔާ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ލައިބްރަރީ މެމްބަޝިޕް
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
ވަޒީފާގެ މުއްދަތު
|
06 މަސް ދުވަސް
|
މަގާމުގެ ޝަރުތު:
|
- އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ،
- އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވުން.
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.
|
މަޤާމު:
|
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގދ. ތިނަދޫ ކެމްޕަސް
|
ގްރޭޑް:
|
5
|
ސްޕައިން ޕޮއިންޓް:
|
20
|
މަޤާމުގެ މުސާރަ:
|
މަހަކު 6,330.97 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,713.27 ރުފިޔާ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ލައިބްރަރީ މެމްބަޝިޕް
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
ވަޒީފާގެ މުއްދަތު
|
06 މަސް ދުވަސް
|
މަގާމުގެ ޝަރުތު:
|
- އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ،
- އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވުން. ނުވަތަ،
- އޭލެވެލްގެ 3 މާއްދާއިން ފާސްވެފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ބަޖެޓް ބާކީކޮށް ބެލެހެއްޓުމާއި ބަޖެޓް ރިޕޯރޓްތައް ހަދައި މުއްދަތަށް ފޮނުވުން.
- މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފައިސާއާއިބެހޭ އެންމެހާ މަސައްކަތް ކުރުން.
- އާމްދަނީ ފައިސާ ގެ ހިސާބު ބެލެހެއްޓުމާއި ރިޕޯރޓް ހެދުން.
- ލިބޭފައިސާ ބަލައިގަތުމާއި ރެކޯރޑް ބެލެހެއްޓުން.
- ކެމްޕަހުން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް މަރުކަޒީ އިދާރާއަށް ފޮނުވަންޖެހޭ ބިލްތަކާއި، ޑޮކިއުމަންޓްތައް ފުރިހަމަކޮށް ފޮނުވުން.
- ދަނާލުފީ އަދި އެހެނިހެން ގޮތްގޮތުން އޮފީހަށް ލިބެންޖެހޭ ފައިސާ ހޯދުން
- ޕާރޓްޓައިމް ލެކްޗަރާރއިންނާ ގުޅޭ މަސައްކަތްތައް ކުރުން.
- ޕެޓީކޭޝް ފައިސާގެ ހިސާބުތައް ބާކީކޮށް ބެލެހެއްޓުން.
- ޗުއްޓީއާއި ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ކެމްޕަސް އިމާރާތްތަކުގެ މަރާމާތު ކުރުމުގެ ކަންކަން ބެލެހެއްޓުން.
- އެކި އިވެންޓްތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ވެރިން ހަވާލުކުރައްވާ މަސައްކަތް ކުރުން.
- މީގެ އިތުރުންވެސް އޮފީހުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2025 މޭ 28 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/mnuhr-2025-65
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
|