ދިވެހިރާއްޖެ
ހުޅުމާލޭ ފޭސް 2 ގައި މިނިސްޓްރީން ގާއިމުކޮށްފައިވާ އެނިމަލް ކެއަރ ފެސިލިޓީ (އޮޅުހިޔާ) ގެ ޝެލްޓަރ ބައި 1 (އެކެއް) އަހަރު ދުވަހަށް، މިނިސްޓްރީއާއި ގުޅިގެން ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.
|
ތާރީޚް އަދި ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
26 މެއި 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް |
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ވެލާނާގެ 7 ވަނަ ފަންގިފިލާ |
ޕްރޮޕޯސަލް ހުށަހެޅުން |
12 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް |
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 14 (ސާދަ) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282 އަދި 3339279 ނަންބަރު ފޯނަށެވެ.