ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު އަތޮޅު ހޮސްޕިޓަލް ކުރިމަތީގައިވާ ޕާކުގައި ގިމަތައެއް ހެދުން

މި އިދާރާގެ ފަރާތުން، ކޮޅުމަޑުލު އަތޮޅު ހޮސްޕިޓަލްގެ ކުރިމަތީގައިވާ ޕާކުގައި، ހޮސްޕިޓަލް ގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުމަށްޓަކައި ހަޓެއް ހެދުމަށްބޭނުންވެއެވެ. މިކަމާއި ގުޅިގެން މިއިދާރާގެ ނަންބަރު: (IUL)239-CAS/239/2025/18 އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސި ހިސާބުގައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، ދެންނެވި އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރީމެވެ. ވީމާ، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ދެންނެވި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ދީފައިއެވާ ލިންކް މެދުވެރިކޮށް، ނުވަތަ މިއިދާރާއިން ފޯމް ނަންގަވައިގެން ބިޑްގައި ރަޖިސްޓްރީ ވެލައްވައި، ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު ތަފްޞީލް ތިރީގައި މިވަނީއެވެ.

  • ބިޑްގައި ރަޖިސްޓްރީ ވުމުގެ މުއްދަތު: 26 މެއި 2025 ދުވަހުގެ 13:00 ގެ ކުރިން.
  • ރެޖިސްޓްރޭޝަން ލިންކް: https://forms.gle/bytDQcebDx3QnY4w9
  • ބިޑް ހުށަހެޅުން: 01 ޖޫން 2025 ދުވަހުގެ 11:00 ގައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް. (26 މެއި 2025 ދުވަހުގެ 13:00 ގެ ފަހުން ރަޖިސްޓްރީވާ އެއްވެސް ފަރާތެއްގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.)
  • ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ.
  • ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780700 ނުވަތަ 9710106 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް:  [email protected]

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 މޭ 2025
ހޯދާ