މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫ ގައި ލޯކަލް ޓުއަރިޒަމް ތަރައްޤީ ކުރުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިކުރުމަށް ގެސްޓްހައުސް ޢިމާރާތްކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ނ. މަނަދޫ ގައި ލޯކަލް ޓުއަރިޒަމް ތަރައްޤީ ކުރުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިކުރުމަށް ގެސްޓްހައުސް ޢިމާރާތްކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

               ނ. މަނަދޫ ގައި ލޯކަލް ޓުއަރިޒަމް ތަރައްޤީ ކުރުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިކުރުމަށް ގެސްޓްހައުސް ޢިމާރާތްކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް 05 މާރިޗު 2025 ވަނަ ދުވަހު މިއިދާރާއިން ކުރެވިފައިވާ ނަންބަރ : (IUL)294-D/294/2025/17 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައި ނުވާތީ ، މި މިއިޢުލާން ބާޠިލްކޮށް ނ.މަނަދޫ ގައި ލޯކަލް ޓުއަރިޒަމް ތަރައްޤީ ކުރުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިކުރުމަށް ގެސްޓްހައުސް ޢިމާރާތްކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

  • ·         ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޞީލް:

ބިމުގެ ބޮޑުމިން : 5000 ( ފަސްހާސް އަކަފޫޓު )

ބިމުގެ ޢަދަދު : 5 ( ފަހެއް ) ( ޕްލޮޓް ނަމްބަރ 1 ، ޕްލޮޓް ނަމްބަރ 2 ، ޕްލޮޓް ނަމްބަރ 3 ، ޕްލޮޓް ނަމްބަރ 4 ، ޕްލޮޓް ނަމްބަރ 5 ) (ބިމުގެ ޗާޓް އިޢުލާން އާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.)   

ބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު : މަނަދޫ އާމަގުގެ ދެކުނުކޮޅު ހުޅަނގުފަޅިން

ބިން ކުއްޔަށް ދޫކުރާ މުއްދަތު : 30 އަހަރު ( ތިރީސް )

  • ·         ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން:

ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ، 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބިޑުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވާ ، -/1500 ( އެއްހާސް ފަސް ސަތޭކަ ) ރުފިޔާ މިއިދާރާގެ އެކައުންޓަށް ދެއްކެވުމަށްފަހު ފުރިހަމަ ކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމާއި ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބިޒްނަސް ޕޯޓަލް އިން ދޫކޮށްފައިވާ ވިޔަފާރީގެ އިންފޮމޭޝަން ޝީޓްގެ ކޮޕީ ، އަދި ފައިސާ ދެއްކެވި ސްލިޕް ( [email protected] ( އަށް އީމެއިލް ކުރެއްވުމުން ބިޑުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ލިޔުން އެފަރާތަކަށް ފޮނުވޭނެއެވެ. ބިޑް ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނީ ކޮންމެ ޕްލޮޓަކަށް ވަކި ހުށަހެޅުމެކެވެ.

  • ·         ބިޑް ފޮތް ޙަވާލުކުރުމަށް ހަމަޖެހިފައިވާ ތާރީޚް: 03 ޖޫން 2025

 

  • ·         ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބިޑް ފޮތް ވިއްކުމަށް ހަމަޖެހިފައި ވާތީ ޕްރީ ބިޑް މީޓިންގ ބާއްވާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  • ·         އިތުރު މަޢުލޫމާތު ސާފުކުރުން:

މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ފޯން ނަންބަރ: 6560029

އީމެއިލް: ( [email protected] (

 

  • ·         ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ، 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:15 ގައި ނ.މަނަދޫ ކައުންސިލް އިދާރާގައެވެ.

               ވީމާ ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

                                

20 މެއި 2025

20 މޭ 2025
ހޯދާ