މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަވާއިދާއި ހިލާފަށް ފައިބަރު މަސައްކަތްކުރުމާއި ގުޅޭ

އިޢުލާން            

ގަވާއިދާއި ހިލާފަށް ފައިބަރު މަސައްކަތްކުރުމާއި ގުޅޭ

 

މިހާރަކަށް އައިސް 2025/R-18 ޤަވާއިދާއި ހިލާފަށް، ހުއްދަ ދޫކޮށްފައިނުވާ ސަރަހައްދުތަކުގައި ފައިބަރު މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމުގެ އުނދަގޫ ގޭގޭގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާތީ، އެކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން މިއިދާރާއަށް އަންނަނީ ލިބެމުންނެވެ. ފައިބަރު މަސައްކަތްތަކަކީ އާއްމުން އުޅޭ ސަރަހައްދުގައި ކުރުން ރައްކާތެރި މަސައްކަތަކަށްނުވާއިރު، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ކަންކަން ނުކުރުމަށް އިލްތިމާޞް ކުރަމެވެ.

 

ވީމާ، ކައުންސިލުން ހުއްދަ ދޫކޮށްފައިވާ ސަރަހައްދުތައް ފިޔަވާ އިތުރު ސަރަހައްދުތަކުގައި ފައިބަރު މަސައްކަތް ކުރަމުންގެންދާނަމަ، މިއަދުން ފެށިގެން އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވެ، އިލްތިމާޞް ދަންނަވަމެވެ.    

 

18 މޭ 2025
ހޯދާ