| 
 ބީލަމުގައި ރަޖިސްޓްރީވުން 
 | 
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ  ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ250(ދުއިސައްތަ ފަންސާސް ރުފިޔާ)އެވެ.
 
- މަޢުލޫމާތު ޝީޓް އީމެއިލް މެދުވަރިކޮށް ނުވަތަ މި އިދާރާއަށް ވަޑައިގެން އެދިލެއްވުމުން ލިބިވަޑައިގަންނަވާނެ.
 
- ރަޖިސްޓްރީ ވުމަށްޓަކައި 25 މެއި 2025 (އާދިއްތަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
 
- ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.office.com/r/4bvTKi8kPK
 
 
 | 
| 
 ފައިސާ ދެއްކުން 
 | 
- ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު  ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
 
- ނޯޓް: ރެޖިސްޓަރީކުރުމަށް ދެއްކި ފީ އަނބުރާ ރިފަންޑު ނުކުރެވޭނެ.  
 
- ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް 
 
 
      ބޭންކް:  ބޭންކް އޮފް މޯލްޑިވްސް 
      ބޭންކް އެކައުންޓްގެ ނަން: 1471 ރެވެނިއު 1 
      އެކައުންޓް ނަންބަރ: 001 700301 7710 
     ސްލިޕް ވައިބަރ ކުރަންވީ ނަންބަރު: 7633734 
 | 
| 
  މަޢުލޫމާތު ސާފުކުރުން /   މަޢުލޫމާތު ދިނުން 
 | 
- މަޢުލޫމާތު ސާފުކުރުމަށް ފިރީބިޑް މީޓިން އޮންނާނީ   26 މެއި 2025ވާ (ހޯމަ) ދުވަހުގެ (ހެނދުނު) 10:00 ގައި  ކައުންސިލް އިދާރާގައެވެ. މީގެ އިތުރުން، މި ބައްދަލުވުމަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގެންނަވާނެއެވެ.   
 
- އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން[email protected]  އަށް މެއިލް ކުރުމުން އަދި ރަސްމީގަޑީގައި މި އިދާރާގެ ފޯންނަންބަރު 6840016 ގޫޅާލެއްވުމުން ފޯރުކޮށްދެވޭނެއެވެ.
 
 
 | 
| 
  ބީލަން ހުށަހެޅުން / ބީލަން   ހުޅުވުން 
 | 
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޖޫން 2025 (ބުރާސްފަތި) ދުވަހުގެ 10:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
 
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 05 ޖޫން 2025 (ބުރާސްފަތި) ދުވަހުގެ 10:05ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޞިރުވާ ފަރާތްތަކުގެ ކުރީމަތީގައެވެ.
 
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނަނީ ގދ. ރަތަފަންދޫ ކައުންސިލް އިދާރާގައެވެ.
 
 
 |