ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)316/316/2025/60 އިއުލާނުން ދަންނަވާފައިވާ، މިރަށު ޤަބުރުސްތާނު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ކޮޓޭޝަން ލިބިފައިނުވާތީ އެ އިއުލާނު ބާތިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 މޭ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން ކޯޓޭޝަން ހުށަހެޅުން އެދެމެވެ. ކޮޓޭޝަންގައި މަސައްކަތް ކޮށްނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަނާއެކު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވަރުކޮށް ކޮޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޮޓޭޝަން އީމެއިލް ކުރަށްވާނީ ތިރީގައި ދީފައިވާ އީމެއިލް އެޑްރެހަށެވެ.
އީމެއިލް: [email protected]
މައިގަނޑު މަސައްކަތްތައް:
- ޤަބުރުސްތާންގެ ވިނަތައް ނޮޅައި ބިން ސާފުކުރުން (ނޮޅައި ނެގޭ ވިނަތަށް ކައުންސިލް އިދާރާއިން އަންގާ ތަނަކަށް ގެންގޮސް ނައްތާލުން)
- ދުންނިކަގަހުގެ ތިރިވެފައިވާ އަފިތައް ކޮށުން.
- ޤަބުރުސްތާނު ނޮޅުމުގެ ތެރޭގައި ނެގޭ ގަލާއި އަކިރި އަދި ފަނާނުވާ ޒާތުގެ ކުނިނަގައި މިފަދަ ކުނިތައް ނައްތާލުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ނައްތާލުން.
މި މަސައްކަތާގުޅޭގޮގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ 4001060 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.