މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ހުދާގެ ބައެއް މަސައްކަތްތައް ކައުންސިލުންދެއްވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މަސައްކަތްތަކުގެ މަޢުލޫމާތު:

  1. ކުދި ދޮރުފަތްތައް އެލްމެނިއަމް އަށް ބަދަލުކުރުން
  2. މިސްކިތުގެ އެތެރޭގައި ކުލަލުން

 

  • މަޢުލޫމާތު ދިނުމުގެ ސެޝަން:  22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • އަންދާސީ ހިސާބު ހުށަހެޅުން: 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

1. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ.

 

2. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

3. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "މަސްޖިދުލް ހުދާ މަސައްކަތްތައް 2025" ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 4. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.

20 މޭ 2025
ހޯދާ