މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނެޝަނަލް ހެލްތު ލެބޯޓަރީގައި ބޭނުންކުރާ އިކުއިޕްމަންޓުތައް އައިއެސްއޯ/ އައިއީސީ 17025 އަށް އެކްރެޑިޓްވެފައިވާ ކެލިބްރޭޝަން ސެންޓަރަކުން ކެލިބްރޭޓް ކޮށްދޭނެ ކޮށްދޭނެ ފަރާތެއް ހޯދުމަށް

                               އިޢުލާން

 

ނެޝަނަލް ހެލްތު ލެބޯޓަރީގައި ބޭނުންކުރާ އިކުއިޕްމަންޓުތައް އައިއެސްއޯ/ އައިއީސީ 17025 އަށް އެކްރެޑިޓްވެފައިވާ ކެލިބްރޭޝަން ސެންޓަރަކުން ކެލިބްރޭޓް ކޮށްދޭނެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 19 މޭ 2025 ވާ ހޯމަ ދުވަހުން ފެށިގެން 28 މެއި 2025 ވާ  ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 ޖޫން 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 މެއި 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                                21 ޛުލްޤަޢިދާ 1446ހ.

19 މޭ 2025
ހޯދާ