ދިވެހިރާއްޖެ
މިއޮފީހަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމު |
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ |
ބޭނުންވާ އަދަދު |
164 (ސަތޭކަ ފަސްދޮޅަސް ހަތަރެއް) |
މުސާރަ |
5,000/- (ފަސްހާސް) ރުފިޔާ |
އިތުރު އިނާޔަތްތައް |
· ނޮން-ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35(1,750/- (އެއްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ · ސަރވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200/- (ދުއިސައްތަ) ރުފިޔާ · ކޮއްތުފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60/- (ފަސްދޮޅަސް) ރުފިޔާ · ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް މިނިމަމް ވޭޖް އެލަވަންސް · ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް |
މާލެ އޭރިޔާގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތައް |
މަޤާމުގެ ޝަރުޠު |
ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން [ޑީ] ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މާއްދާއިން ދަށްވެގެން [ސީ] ފާސް ލިބިފައިވުން ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން |
މަޤާމުގެ މަސްއޫލިއްޔަތު |
ކަސްޓަމްސް އޮފިސަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން |
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި |
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)، ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް · ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ނޯޓް: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހައިފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީއާއި، ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، އަދި އެހެނިހެން ތަޢުލީމީ ސެޓްފިކެޓްތައް އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު ހުށަހަޅަންޖެހޭނީ މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކުންނެވެ) · ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ · ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ · ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން މި ސަރވިސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް · ވަޒީފާ އަދާ ކުރަމުންދާ ފަރާތެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން · މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ · މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް |
ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންވާނީ 31 މެއި 2025 (ހޮނިހިރު) ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ސަރވިސްގެ ވެބްސައިޓްގައިވާ "ރެކްރޫޓްމެންޓް ޕޯޓަލް" މެދުވެރި ކޮށެވެ. ރެކްރޫޓްމަންޓް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ. |
ވަޒީފާއަށް އެދި ހުށަހެޅުން |
· ވަޒީފާތަކަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސްގެ ވެބްސައިޓް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތައް އެޓޭޗްކުރަންވާނެއެވެ. · ވަޒީފާއަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރާނޭގޮތުގެ ޔޫސަރ މެނުއަލް ކަސްޓަމްސްގެ ވެބްސައިޓުގެ "ޑައުންލޯޑްސް" އިން ފެންނަން ހުންނާނެއެވެ. · ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބިފައި ނުވާ ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ ބަލައިގަނެވޭނެއެވެ. · ނޯޓް: މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިޢުލާން ނަންބަރު: (IUL)14-E1/1/2025/22 (10 އޭޕްރިލް 2025) ގެ އިޢުލާނުގެ ދަށުން އެސިސްޓަންޓް ކަސްޓަމްސް އޮފިސަރގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެމަޤާމުގެ އަސާސީ ޝަރުޠުހަމަވާ ފަރާތްތަކަކީ މި އިޢުލާނުގެ ދަށުން މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކެއް ކަމުގައި ބެލެވޭނެއެވެ. |
އެހެނިހެން ކަންކަން |
· މި މަޤާމުތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާދެމެދު މީހުންނެވެ. އެގޮތުން އުމުރުފުރާ ބަލާނީ 2025 މެއި 31 ވަނަ ދުވަހުގެ ނިޔަލަށެވެ. · މި މަޤާމަށް ހޮވޭ ފަރާތްތަކުން ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަ ކުރަން ޖެހޭނެއެވެ. · ވަޒީފާއަށް އެދޭ ފަރާތަކާ މުޢާމަލާތް ކުރަންޖެހޭ ޙާލަތްތަކުގައި މިއިދާރާއިން ބޭނުންކުރާނީ އޮންލައިން އެޕްލިކޭޝަން ފޯމު ފުރުމަށް ރަޖިސްޓްރީ ކުރާ މޮބައިލް ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެހެވެ. · މި މަޤާމުތަކަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ އެޕްލިކޭޝަންއާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަދި ކިޔަން އެނގޭވަރަށް ސާފުކޮށް ނުހުންނަ ލިޔެކިޔުންތައް ހިމެނޭ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ. · މި މަޤާމުތަކަށް މީހުން ހޮވާނީ، "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގައިވާ ގޮތުގެ މަތިންނެވެ. މި މިންގަނޑު މި ސަރވިސްގެ ވެބްސައިޓުން (https://www.customs.gov.mv/Media/Documents/careers) ފެންނަން ހުންނާނެއެވެ. · މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށް ބަލައި، މި މަޤާމުތަކަށް މީހުން ހޮވުމަށްޓަކައި ބޭއްވޭ ފިޒިކަލް ފިޓްނަސް ޓެސްޓަށް ޝަރުޠުހަމަވާ ފަރާތްތަކަށް އަދި އެއަށްފަހު އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މައުލޫމާތު މި ސަރވިސްގެ ވެބްސައިޓް (www.customs.gov.mv) ގައި ޝާޢިއުކުރެވި އަދި އެކަން އެންގުމަށްޓަކައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށް އިޢުލާން ކުރެވޭނެވެ. |
މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.