ދިވެހިރާއްޖެ
| މަޤާމް | އެސިސްޓެންޓް ޑިރެކްޓަރ | 
| މަޤާމުގެ ނަންބަރު: | J-311459 | 
| ބޭނުންވާ ޢަދަދު: | 01 | 
| ގިންތި: | ދާއިމީ | 
| ރޭންކް: | އެމް. އެސް. 3 | 
| ކްލެސިފިކޭޝަން: | އެސިސްޓެންޓް ޑިރެކްޓަރ | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް | 
| މުސާރަ: | -/7,035ރ | 
| ސަރވިސް އެލަވަންސް: | 2000/-ރ | 
| 
 
 އެހެނިހެން އެލަވަންސް: | 1 ސަޕޯޓިންގ ކޯއެލެވެންސްގެ ގޮތުގައި މަހަކު -/900 ރުފިޔާ 2 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 3 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް | 
| 
 
 
 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް: | 1- އިދާރީ މުވައްޒަފުންގެ މަސައްކަތް ކުރެވެމުންދާގޮތް ބަލައި ، ސްޕަވައިޒްކުރުން . އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއެޅާ އެހީތެރިވުން 2- ހޮސްޕިޓަލުގައި އިސްވެރިންނަށް ބޭއްވޭ ބައްދަލުވުންތަކަށް ޚާޒިރުވެ ހޮސްޕިޓަލުން ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން 3- ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ ޢިމާރާތްތަކާއި އެތަންތަނުގެ ތަކެތި މަރާމާތާއި ބެހޭ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށް ހަވާލުކޮށް ސުފަވައިޒްކުރުން 4- އިދާރީ މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަސައްކަތް ސްޕަރވައިޒްކުރައްވާ މުވައްޒަފުންގެ ޓާގެޓް ކަނޑައަޅައި، މަސައްކަތުގެ އެޕްރައިސަލް ގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިޔަށް ގެންދިއުން 5- ހޮސްޕިޓަލުގެ އިދާރީ ހިންގުމުގެ މަސައްކަތްތައް ބަލަހައްޓައި، ޚިދުމަތަށް ދަތިވިޔަ ނުދިނުމަށް ހޮސްޕިޓަލުގެ އިސްވެރިންގެ ލަފައާއި އެކު މަސައްކަތްކުރުން. 6- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓާކަން ޔަގީންކުރުން 7- ހޮސްޕިޓަލުގެ އެއްގަމު ވެހިކަލްތައް ރަޖިސްޓްރީކޮށް ބެލެހެއްޓާކަން ޔަގީންކުރުން 8- ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި އަދި ހެދިފައިވާ އުސޫލްތަކާއި އެއްގޮތަށް، ހޮސްޕިޓަލުގެ ސްޓޮކް، އިންވެންޓްރީގެ ކަންތައްތައް ރަނގަޅު އިންތިޒާމެއްގެދަށުން ކުރިއަށްގެންދޭތޯ ބަލައި މޮނިޓަރ ކޮށް، ބެލެހެއްޓުން. 9- ހޮސްޕިޓަލާއި މި އަތޮޅު ޞިއްޙީ މަރުކަޒުގައި ގިނަ ދުވަސްވުމާއި ހަލާކުވުމާއި ގުޅިގެން ނީލަންކިޔަންޖެހޭ ތަކެއްޗާއި ނައްތާލަންޖެހޭ ތަކެތި ނީލަންކިއުން ނުވަތަ ނައްތާލުމުގެ މަސައްކަތްކުރުމަށް ބާރުއަޅައި އެމަސައްކަތް ކުރިއަށްގެންދާގޮތް ބަލައި މޮނިޓަރކޮށް ވިލަރެސްކުރުން. 10- ހޮސްޕިޓަލަށް ބޭނުންވާ އެންމެހާ ތަކެތި ސްޓޮކް މެދުވެރިކޮށް ހޯދުމުގެ މަސައްކަތްތް ކުރިޔަށްދާގޮތް ބަލައި ޚިދުމަތަށް ދަތިނުވާނެގޮތަކަށް ސްޓޮކަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބަލައި މޮނިޓަރ ކުރުން 11- އެމްބިއުލާންސާއި ހުރިހާ އެއްގަމު އުޅަނދުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި، އަހަރީފީއާއި ރޯޑްވާދިނަސް ކަނޑައެޅިފައިވާ މުއްދަތަށް، މުއްދަތުގައި ދެއްކުމަށް ބާރުއަޅާ އެކަންކަން ކުރުވުން. 12- ހޮސްޕިޓަލުގެ މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި، ހޮސްޕިޓަލުގެ ކަމާއި ގުޅޭ ޑިޕަރޓްމަންޓް ތަކާއި ގުޅިގެން ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ދަތިނުވާނެހެން ކަންތައްތައް ރާވާ އިންތިޒާމްކުރުވުން. 13- ހޮސްޕިޓަލުގެ ހުރިހާ ހަރުމުދަލުގެ ހާލަތު ބަލަހައްޓައި ރެޖިސްޓްރީ މެއިންޓެއިންކޮށް ބަލަހައްޓަމުންދޭތޯ ބަލައި އެކަން ކުރުވުން 14- ހޮސްޕިޓަލް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން. | 
| މަގާމުގެ ޝަރުތުތައް: 
 | 1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަނކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ގެ ސަނަދެއް ހާސިލްކޮށްފައިވުން. | 
| ގުޅޭ ވަޒީފާގެ ދާއިރާތަށް | 
 | 
| މަގާމުގެ ތައުލީމީ ރޮރގުތަށް | އެޑްމިނިސްޓްރޭޝަން ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް މެނޭޖްމަންްޓް ޕަބްލިކް އެޑްމިނިސްޓްރޭޝަން | 
| މަގާމުގެ ކެޓަގަރީ | އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް | 
| މަގާމުގެ ޕްރިފާރޑް ޑިސިޕްލިން | 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 
 
 
 | 1 . ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 
 .4.4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5 5- ލިިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް: | މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. | 
| 
 މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މޭ 2025 ގެ 13:00 ގެ ކުރިން، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| 
 ޝޯޓް ލިސްޓް ކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. | 
| އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: | މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ/ ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް އިމްތިހާން 2025 މެއި 29 އިން 2025 ޖޫން 05 2025 ވަނަ ދުވަހާއި ދެމެދު އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. | 
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| އިތުރު މަޢުލޫމާތު: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841970 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. | 
21 ޛުލްޤަޢިދާ 1446
19 މެއި 2025
 
                    