ދިވެހިރާއްޖެ
މިކޯޓުން 2025 މޭ 5 ވަނަ ދުވަހު ކުރެވުނު ނަންބަރު: B8C-A/2025/05ޢިއުލާނާއި ގުޅިގެން ކުރިޔަށް ގެންދެވުނު ނީލަމުގައި އެއްވެސް ފަރާތަކުން ސައުގުވެރިކަން ފާޅުކޮށްފައިނުވާ ހިޓާޗީ 9000 ބީ.ޓީ.ޔޫގެ އެއަރކަންޑީޝަނެއް ނީލަމުގައި ވިއްކާލުމަށް ބޭނުންވާތީވެ، މި އެއަރކަންޑީޝަން ނީލަން ކިޔުމުގެ މަސައްކަތް 30 މޭ 2025 (ހުކުރަ) ދުވަހުގެ ހަވީރު 16:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 01 ޖޫން 2025 (އާދިއްތަ) ދުވަހުގެ 12:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކުރެވޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 01 ޖޫން 2025 (އާދިއްތަ) ދުވަހުގެ 12:00 ން ފެށިގެން 14:00 އަށް މިކޯޓުގައި އޮންނާނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ޢަދަދު |
ތަފްޞީލް |
ނީލަންފެށޭ އަގު (ރުފިޔާ) |
ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ) |
1 |
އެއަރކަންޑީޝަން 9000 ބީޓީޔޫ |
1100.00 |
5.00 |