މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.މާފުށީ އ.ތ.މ ކޮމެޓީގެ ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

                                                                                        ނަންބަރު: (IUL)337/337/2025/43
 އިޢުލާން
ކ.މާފުށީ އ.ތ.މ ކޮމެޓީގެ ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި، ކ.މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން 26 މެއި 2025 ވާ ހޯމަ ދުވަހުގެ ހަވީރު 16:00ގައި އޮންނާނެއެވެ.
ތަފްޞީލް
ތަރީޚް:26 މެއި 2025 (ހޯމަ)

ގަޑި:16:00

ތަން: މަންފާވިލާ ގުދަން ކައިރި

ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންދެވުން އެދެމެވެ. ނީލަމުން ބައްލަވައިގަންވާ ތަކެތި ދޫކުރެވޭނީ ބައްލަވައިގެންފައިވާ މުދަލަށް ދައްކަވަންޖެހޭ ފައިސާ މިކައުންސިލަށް ޖަމާކޮށްދެއްވުމުން ކަމުގައި ދަންނަވަމެވެ.
ނީލަމުން ބައްލަވައިގަންނަވާ ތަކެތީގެ އަގަށްވާ ފައިސާ 27 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސލްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރަންވާނެއެވެ.
އެކައުންޓްގެ މަޢުލޫމާތު
އެކައުންޓް ނަން: Secretariat of the Maafushi Council
އެކައުންޓް ނަންބަރ: 7730000098799
ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 7521050 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް މުދާ ދޫކުރެވޭނީ ދެންނެވިފައިވާ ތާރީޚުގައި ފައިސާ ދެއްކުމަށް ފަހުގައެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާނަމަ، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން 29 މެއި 2025ވާ ބުރާސްފަތި ދުވަހުގެ 18:00 ގެކުރިން ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ. ވީމާ، މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޛުލްޤަޢިދާ 1446
18 މެއި 2025

 

18 މޭ 2025
ހޯދާ