އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "އައްޑޫ އީދިސަމާ 1446" ހަރަކާތްތަކުގެ ތެރެއިން ހުޅުދޫ އަވަށު އޮފީހުން ބާއްވާ މާލި ޕެރޭޑާ ގުޅޭ

އިޢުލާން

     1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީގެ އެކި އަވަށްތަކުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ހުޅުދޫގައި "މާލި ޕެރޭޑު" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

     މި ޕެރޭޑުގައި އިޖްތިމާއީ މިންގަނޑާއި ޙިލާފުވާ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ. އަދި، ހެދުން އެޅުމުގައިވެސް އަމަލުކުރަންވާނީ އިޖްތިމާއީ މިންގަނޑަށް ފެތޭގޮތަށެވެ.

     ވީމާ، މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް 22 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 އަށް ގުޅުއްވާ ނަންނޯޓު ކުރުމަށްދަންނަވަމެވެ. އަދި، މި ޕެރޭޑާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 6894655 އަށް ގުޅުއްވުން އެދެމެވެ. 

 20ޒުލްޤަޢިދާ 1446

18 މޭއި 2025

18 މޭ 2025
ހޯދާ