ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1 މިސްކޫލުގެ 3 ކުލާސްރޫމްގެ ކޮރިޑޯރގެ ތަޅުން މަރާމާތުކުރުމަށް ފުރަތަމަ ފަހަރަށް ކުރެވުނު ނަންބަރ (IUL)GS86/2025/11 (07 މޭ 2025) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދެއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، މިމަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ތިންވަނަ ފަހަރަށް ހުޅުވާލަމެވެ.
2 މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 މޭ 18 ން 2025 މޭ 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން،ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މޭ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 މޭ 27 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިސްކޫލްގައެވެ.
6 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 މޭ 29 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލުގައެވެ.
7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތުރާކުނު ސްކޫލް
ހއ. ތުރާކުނު، ދިވެހިރާއްޖެ
ފޯން: 6500547
އީ-މެއިލް: [email protected]