ދިވެހިރާއްޖެ
ކޮޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ކައުންސިލް ކުޅިވަރު ފެސްޓިވަލް ހޭންޑްބޯލް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައި ލައިޓްސޯ،ކޮންފިޓީ އަދި ސައުންޑް ހިދުމަތް ދިނުމަށް ޝައުގު ވެރިވާ ފަރާތްތަކުން ކޮޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ. |
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކަނޑިތީމު ކުޅިވަރު ފެސްޓިވަލް 2025 ހޭންޑް ބޯލް މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައި އަމިއްލަ ތަކެތީގައި ލައިޓްސޯ،އިލެކްޓްރިކް ކޮންފިޓީ އަދި ސައުނޑް ހިދުމަތް ދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކޮޓޭޝަން ހުށަހެޅުން
ކޮޓޭޝަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 މެއި 2025 (ބުދަ) ދުވަހުގެ 11:00ގައި މިއިދާރާއަށް ވަޑައިގެން، ކޮޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ކަރުދާސް
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިއުލާނާއި އެކު އާންމު ކުރެވިފައިވާނެއެވެ.
މި ކޮޓޭޝަން ހުށަހެޅުމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
18 މެއި 2025