ދިވެހިރާއްޖެ
ދައުލަތުގެ ސިޔާސަތުތަކާއި ދަރަނި ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތައް އުފެއްދުމުގެ އިތުރުން ގާނޫނީ، ރެގިއުލޭޓަރީ އަދި އޮޕަރޭޝަނަލް ފްރޭމްވޯކްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ދަރަނީގެ މުއާމަލާތްތައް ޞައްޙަކޮށް ހިންގުމާއި، ސެޓްލްމަންޓާއި، ރެކޯޑްކުރުމަށް އެހީތެރިވުމަށްޓަކައި އޮޕަރޭޝަނަލް ޕްރޮސެސްތައް ހަލުވިކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރުމަށް ޑެޓް ސްޓްރެޓަޖީ އެންޑް ރިސްކް މެނޭޖްމަންޓް ކޮންސަލްޓަންޓް މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މެއި 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected]