މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަފާ ދޯނި ނީލަން ކާމިޔާބުކުރި ފަރާތް އިޢުލާން ކުރުން

އިޢުލާން

           މި އިދާރާގެ ނަންބަރު: (IUL)335-AS/335/2025/71 (28 އޭޕްރިލް 2025) އިޢުލާނާއި ގުޅިގެން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކަނޑައެޅުނު ރަޖިސްޓްރީ ނަންބަރު: G1862A-04 06-H)) ދޯނި ގަތުމަށް ނީލަމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން، ނީލަމާއި ގުޅޭ އުޞޫލުގައި ބަޔާން ކުރެވިފައިވާގޮތުން އެދުވަހެއްގެ 12:00 އާއި ހަމައަށް ނީލަމަށް ހުށަހެޅޭ އަގު ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ޖެހިޖެހިގެން 48 (ސާޅީސް އަށެއް) ގަޑިއިރު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގެއް ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެކަމުގައި ބަޔާންވެފައިވާތީ، އެމުއްދަތަށް ބަލާ ނީލަން ކާމިޔާބުކޮށްފައިވާ ފަރާތްކާއި އަގު މިދަންނަވަނީއެވެ.

ރިފަރެންސް ނަމްބަރ

އުޅަނދުގެ ބާވަތް

ނީލަން ކާމިޔާބުކުރި އަގު

ނީލަން ކާމިޔާބުކުރި ފަރާތުގެ މަޢުލޫމާތު

01/2025

ދޯނި

525,000/-ރ

ޢަލީ ފަހީމް / އުފާ، ކ.ހިންމަފުށި

02/2025

ޑިންގީ

-

ޑިންގީއަށް ކަނޑައަޅާފައިވާ އަގަށްވުރެ މަތިން އަގު ހުށަނާޅާ

15 މޭ 2025
ހޯދާ