މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގެ އަސްކަރީ ތަމްރީނުތަކެއް 2025 މެއި 17 އިން 19 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމާގުޅޭ

އިޢުލާން

 

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 މެއި 17 އިން 19 އަށް ކޮންމެ ދުވަހުގެ 18:00 އިން 22:30 އަށް، ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީގެ ވަށައިގެންވާ ސަރަހައްދުން 4600 މީޓަރު ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރެވެ.

 

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

 

15 މޭ 2025
ހޯދާ