ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑައިވިންގ ސެންޓަރުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުން

ނަންބަރު: (IUL)374-C/374/2025/34

 

އިޢުލާން

ޑައިވިންގ ސެންޓަރުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުން.

މިކައުންސިލުން ފާސްކޮށް ޢަމަލު ކުރަމުންގެންދާ ނިލަންދޫގެ ބިނާވެށި ޕްލޭނާއި އެއްގޮތަށް ނިލަންދޫ ކުރީގެ ތެޔޮ ސެންޓަރު ހިންގި ބިމުން 1200 އަކަފޫޓުގެ 01 ބިން 10 އަހަރު ދުވަހުގެ މުއްދަތަށް ޑައިވިންގ ސެންޓަރ އެޅުމަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މިބިމުގައި ޑައިވިންގ ސެންޓަރުގެ ޚިދުމަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑުހުށަހެޅުމަށް ކަނޑައަޅާފައިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ. އެހެން މީހެއްގެ ޙަވާލުގައި ބިޑު ހުށަހަޅާނަމަ، ބިޑުހުށަހަޅަންޖެހޭ ވަގުތުގެ 01 ގަޑީއިރުކުރިން އެކަން މިއިދާރާއަށް ލިޔުމުން އެންގެވުން އެދެމެވެ.    

ފްރީ ބިޑު މީޓިންގ /

މަޢުލޫމާތު ސާފުކުރުން

  • މިއިޢުލާނާއެކު މަޢުލޫމާތު ކަރުދާސް އެއްހީރާސް ކުރެވިފައި ވާނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބާއްވާ ފްރީ ބިޑް މީޓިންގ 2025 މޭ 20 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފ. ނިލަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ.
  • ބިޑު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ.

ބިޑު ހުށަހެޅުން

  • ބިޑު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 މޭ 27 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފ. ނިލަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ.
  • ބިޑު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.

އިތުރު މަޢުލޫމާތު

ނޯޓު: ބިޑު ހުށަހެޅުމަށް ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވެއްޖެނަމަ، ބިޑު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު ބިޑު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

16 ޛުލްޤަޢިދާ 1446

14  މޭ 2025

14 މޭ 2025
ހޯދާ