މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިއްސާރައިގައި ލިބޭ ގެއްލުންތައް ރިޕޯޓްކުރުމާއިގުޅޭ

ހުޅަނގު މޫސުމުގައި މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އާއްމުންގެ މުދަލަށާއި ތަކެއްޗަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު މިއިދާރާއަށް ރިޕޯޓުކުރަމުން ގެންދިއުމަށާއި އެފަދަ ކާރިސާ/ހާދިސާތަކުގައި ލިބޭ ގެއްލުމުގެ މަޢުލޫމާތު، ހާދިސާ ހިނގިތާ 48 ގަޑިއިރުތެރޭގައި ހުށަހެޅުމަށް ދަންނަވެމެވެ. އަދި އެފަދަ ހާދިސާތައް ހިނގުމުން، ކާރިސާ/ހާދިސާއެއް ހިނގައިގެން އުޅޭކަން އެންގުމަށާއި، ޒަރޫރީ އެހީއަށް އެދޭ ފޯމު ފުރިހަމަކުރުމުގައި ކައުންސިލަށް އެއްބާރުލެއްވުން ދެއްވުމަށްވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 މޭ 2025
ހޯދާ