ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަކި ގޭބިސީ ތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

     ދައުލަތުގެ އެކި އިދާރާތަކުން ބަލަހައްޓަމުންގެންދާ ތަފާސް ހިސާބުތައް އަދާހަމަކުރުމަށާއި، އަދި ދައުލަތުގެ ފަރާތްތަކުން ގޭބިސީތަކަށް ދޫކުރާ ތަކެތި ބެހުމުގެ ލުއި ފަސޭހައަށްޓަކައި، ވަކި ގޭބިސީގެ ގޮތުގައި ގޭބިސީތަކުގެ މަޢުލޫމާތު އަދާހަމަކޮށް ގޭބިސީ ތަކުގެ ދަފްތަރެއް އެކުލަވާލަން ކައުންސިލުން ބޭނުންވާތީ، ގޭބިސީ ރަޖިސްޓްރީކުރުމަށް ހުޅުވާލަމަވެ.

     ގޭބިސީއެއްގޮތުގައި ރަޖިސްޓްރީ ކުރަންޖެހޭނީ ގެތަކުގެ ގޭބިސީއެއްގެ ގޮތުގައި ވަކިން ދިރިއުޅޭނަމައެވެ. "ގޭބިސީ" ކަމުގައި ބުނެފައި އެވަނީ ވަކިން ކައްކާ ކައިބޮއެ ނިދައި، ވަކި މީޓަރެއް ބޭނުންކުރާ މީހުންނަށެވެ.

     އެހެންކަމުން، ގއ.ކަނޑުހުޅުދޫގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން އެއްގޭބިސީއަށްވުރެ ގިނަގޭބިސީތަކުން ދިރިއުޅެމުންދާ ފަރާތްތަކުން " ވަކި ގޭބިސީ ރަޖިސްޓްރީ ކުރުމަށް އެދޭފޯމް ލިންކް"  ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ގޭބިސީ ރަޖިސްޓްރީ ވުމަށް އެދޭފޯމު  ލިންކް : https://forms.office.com/r/ZiF77Ermpd

13 މޭ 2025
ހޯދާ