މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގެ އަސްކަރީ ތަމްރީނުތަކެއް 2025 މެއި 14 އަދި 15 ގައި ސ. ގަމުގެ ދެކުނުން 05 ނޯޓިކަލް ބޭރު ކަނޑުމަތީގައި ކުރިއަށްގެންދިއުމާގުޅޭ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 މެއި 14 އަދި 15 ވަނަ ދުވަހުގެ 09:00 އިން 12:00 އަށް ސ. ގަމުގެ ދެކުނުން 05 ނޯޓިކަލް ބޭރުގައި ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ސ. ގަމުގެ ދެކުނުން 05 ނޯޓިކަލް މޭލު ބޭރުން 9000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
14 މޭ 2025
ހޯދާ