މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓްއިން ރަށުގެ ކުނި މެނޭޖުކުރުމަށްޓަކައި ދީފައިވާ 2 ޓަނުގެ ޕަވަރ ގޭޓް ގަތުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

                ކައުންސިލްގެ 4 ވަނަ ދަޢުރުގެ 167 ވަނަ އާއްމު ބައްދަލުވުމުން ނިންމާފައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓްއިން ރަށުގެ ކުނި މެނޭޖުކުރުމަށް ދީފައިވާ 2 ޓަނުގެ ޕަވަރ ގޭޓް ގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަން އާއްމުކޮށް އަންގާ އިޢުލާނުކުރަމެވެ. މިޕަވަރ ގޭޓް ގަތުމަށް ޝަޢުގުވެރިކަން ހުރި ފަރާތްތަކުން އަގު ހުށަހެޅުމަށާއި އަދި ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލު ހިމެނުމަށްފަހު އިޢުލާނު ނަންބަރާއި ހަވާލާދީ 2025 މެއި 20 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާގެ ދުރުވެ އެފަރާތެއްގެ ރަސްމީ ލެޓަރ ހެޑުގައި ސިޓީ އުރައިގައި ބަންދުކޮށް އަގު ހުށަހެޅުމަށް ދަންނަވަމެވެ.  ބަދަލުގައި ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ކައުންސިލްގެ[email protected]  މެއިލައް 2025 މެއި 20 ވަނަ ދުވަހުގެ 12:30 ގެ ކުރިން ހިއްސާކުރުމަށް އަންގަމެވެ.

             އަދި މިޢުލާނާއެކު ޕަވަރ ގޭޓާއި ގުޅޭ މަޢުލޫމާތު އެއްހީރަސްކޮށް ހިމެނިފައިވާނެ ވާހަކަ ދަންނަވަމެވެ. ޕަވަރ ގޭޓު ގަތުމަށް ޝައުޤުވެރިކަން ފާޅުކޮށް އަގު ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި އެއްފަހަރާ ފައިސާ ދެއްކުމަށް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅު ފަރާތްތަކުން ކައުންސިލްގެ ރަސްމީ ގަޑީގައި މިކައުންސިލްގެ 6720038 ނަންބަރު ފޯނަށް ގުޅުމުންނާއި އަދި ކައުންސިލްގެ [email protected]  އީމެއިލް ކުރެއްވުމުން މަޢުލޫމާތު ހިއްޞާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

                             ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.  

13 މޭ 2025
ހޯދާ