ދިވެހިރާއްޖެ
މިކައުންސިލުން ދެމުންގެންދާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ޚިދުމަތް ދޭ ދުވަސްތަކާއި ވަގުތަށް ބަދަލު އައިސްފައިވާކަން ޚިދުމަތް ހޯދާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތަށް އެދި ހުށަހެޅުމަށް ކަނޑައެޅިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ 10:00 އިން 14:00 އަށް ކަމުގައި ދަންނަވަމެވެ. އަދި މިދުވަސްތަކީ ބަންދު ދުވަސްތަކެއްނަމަ، އައިޑީ ކާޑަށް އެދި ހުށަހެޅުމުގެ ޚިދުމަތް ނުދޭނެ ވާހަކަވެސް ދަންނަވަމެވެ.
އަދި އެހެންމެ، މިކައުންސިލުން ދެމުންގެންދާ ޕާސްޕޯޓް ސައިޒް ފޮޓޯ އާއި ސްޓެމްޕް ސައިޒް ޕޮޓޯ ނެގުން އަދި ލައިސަންސްގެ ޚިދުމަތުގެ ތިއަރީ ޓެސްޓް ނުވަތަ ޕްރެކްޓިކަލް ޓެސްޓް ހެދުމަށް ބޭނުންވާ ދުވަހުގެ 1 ދުވަސް ކުރިން މިކައުންސިލަށް ގުޅުއްވާ ނަންނޯޓު ކޮށްގެން ޚިދުމަތް ހޯއްދެވުމަށް ދަންނަވަމެވެ.
އެހެންކަމުން، ޚިދުމަތަށް އެދިލެއްވުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް، ދެންނެވުނު ދުވަސްތަކުގައި މި އިދާރާގެ ކައުންޓަރަށް ވަޑައިގެން ނުވަތަ 6560013 އަށް ގުޅުއްވައިގެން ޚިދުމަތް ހޯއްދެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
15 ޛުލްޤައިދާ 1446
13 މެއި 2025