ދިވެހިރާއްޖެ
ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ މޫނުމަތީ ދޮރުސެޓް ނަގައި، އެތާނގައި އެލްމިނިއަމް ދޮރުސެޓެއް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 މެއި 20 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މިކޯޓަށް ކޯޓޭޝަން ހުށައެޅުއްވުންއެދެމެވެ.
ކޯޓޭޝަންގައި މި މަސައްކަތްކޮށްދެވޭނެ އަގާއި، މުއްދަތު ހިމަނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތަކާއި، މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިއިޢުލާނާ ގުޅިގެން ކޯޓޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ނޯޓް: މި އިޢުލާނަކީ H1C-A/2025/03 ގެ އިޢުލާނަށް އެކަށީގެންވާ އަދަދަށް ކޯޓޭޝަން ލިބިފައިނުވާތީ ކުރެވުނު އިޢުލާނެކެވެ.