ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ އިންފާރު ރޭނުމާއިބެހޭ

އިޢުލާން

ގޯތިތަކުގެ އިންފާރު ރޭނުމާއިބެހޭ

                       ގޯތިތަކުގެ އިންފާރު ރޭނުމަށް މިކައުންސިލުން ކޮށްފައިވާ އިޢުލާން ނަންބަރު (IUL)413/413/2025/2 (12 ފެބްރުއަރީ 2025) ގެ މުއްދަތު ހަމަވެފައިވަތީ، އިތުރު 1 މަސް ދުވަހުގެ މުއްދަތު ދިނުމަށް ކައުންސިލުންވަނީ ނިންމާފައި އެވެ. އެހެންކަމުން 12 މެއި 2024 ގައި ދޫކޮށްފައިވާ ގޯތިތައް ފިޔަވައި އޭގެ ކުރިން ރަށުން ދޫކުރެވިފައިވާ ގޯތިތަކުގެ އިންފާރު މިއަދުން ފެށިގެން 1 މަސް ދުވަހުގެތެރޭ ރޭނުމަށް ދަންނަވަމެވެ.

                       އަދި ދަންނަވަމެވެ. މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭ ވަށާ އިންފާރު ނުރާނާ ގޯތިތައް ވަކިކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                      15 ޛުލްޤައިދާ 1446                    

                      13   މެއި  2025

 

                                                                   

 

 

                                                                           އިބްރާހީމް ނާޝިދު

                                                                         ކައުންސިލްގެ ރައީސް

13 މޭ 2025
ހޯދާ