މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާއެކެވެ.
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
ފައިނޭންޝަލް އެންޑް މެނޭޖްމަންޓް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ
|
- އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ނުވަތަ އެކައުންޓިން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރު ކުރުން.
- މެނޭޖްމަންޓަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރުކޮށް ހުށަހެޅުން.
- އެމްއެމްއޭގެ ހުރިހާ ފައިނޭންޝަލް ޓްރާންސެކްޝަންސްތަކުގެ އެންޓްރީސްތަކަކީ އިންޓަރނޭޝަނަލް އެކައުންޓިން ސްޓެންޑަރޑްސް އަދި އެމްއެމްއޭގެ ޤާނޫނާ އެއްގޮތަށް ކުރެވޭ ޓްރާންސެކްޝަންތަކެއް ކަން ޔަޤީންކުރުން.
- އެކައުންޓިން ކޮންޓްރޯލްސް ތަކުގެ ޕްރޮސީޖާތައް އެކުލަވާލުމާއި އެ ޕްރޮސީޖާތައް ގާއިމްކޮށް ތަންފީޒު ކުރުމުގައި އެހީތެރިވެދިނުން.
- ފައިނޭންޝަލް ޑޭޓާބޭސް އެއް ގާއިމު ކުރުމާއި ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
- ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އެނަލައިޒް ކުރުމާއި ސްޓޭޓްމަންޓްސް ތަކުގައި ދިމާވާ މައްސަލަތައް ހައްލު ކުރުން.
- އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުންނާ އެކުގައި އޮޑިޓްގެ މަސައްކަތްކުރުމުގައި މުޢާމަލާތުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އެކައުންޓިން އަދި ސިސްޓަމް ރިޕޯޓުތަކުގެ އެކިއުރަސީ އަދި ފުރިހަމަކަން ޗެކުކުރުން
- ކުއަރޓަރލީ ބަޖެޓު ޕާރފޯމަންސް އެނަލައިޒްކުރުން.
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު)
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން
|
ސުންގަޑި
|
19 މޭ 2025 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް
|
ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.
ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.