މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ބަނދަރު ސަރަޙައްދުގައި އޭޓީއެމް އެއް އެޅުމުގެ މަސައްކަތް

ރ.އަނގޮޅިތީމު ބަނދަރު ސަރަޙައްދުގައި އޭޓީއެމް އެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                      ރ.އަނގޮޅިތީމު ބަނދަރު ސަރަޙައްދުގައި އޭޓީއެމް އެއް އަޅާދޭނެ ފަރާތެއް ހޯދުމަށް (IUL)301-PJ/301/2025/6 ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ ކުރިން ކުރި އިޢުލާން ބާތިލްކޮށް، ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.

                      މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                      ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކުގެ ބީލަން ފޮތް ބައްލަވައިގެން 2025 މޭ 19 ވާ ހޯމަ ދުވަހުގެ 13:15އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ފޮތް 2025 މޭ 13  ވާ އަންގާރަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 11:30 އާދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަގީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 މޭ 22 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައެވެ.

މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ ހާޒިރުވާ ފަރާތުގެ އައިޑީ ކާޑާއި، ވެރިފަރާތުގެ ސިޓީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ  ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމަށް އަދި އަގު ހުށައެޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު (އައްޑިހަ ޕަސަންޓް)
  • މަސައްކަތުގެ މުއްދަތު (ފަނަރަ ޕަސަންޓް)
  • ތަޖްރިބާ (ފަސް ޕަސަންޓް)

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

12 މޭ 2025
ހޯދާ