މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

  އަލަށް ގޯތިދުކުރާ ސަރަދުތަކުން ނަގާފައިވާ ތަކެތި ނީލަންކިޔުން

              ސުރުޚީގައި ދަންނަވާފައިވާ ސަރަހައްދުތައް ސާފުކުރުމުގައި ނަގާފައިވާ ލަކުޑީގެ ބާވަތްތަކާއި ރުއްތައް ނީލަންކިޔުމަށް ހަމަޖެހިފައިވާތީ އާއްމުކޮށް އަންގައި އިޢްލާންކުރަމެވެ. ނީލަންކިޔުން އޮންނާނީ 21 މެއި 2025  ( ބުދަ ) ދުވަހުގެ 13:00 ގައެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ޙާޒިރުވާނީ ހެލްތްސެންޓަރު ކުރިމައްޗަށެވެ. މި ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ސަމާލުވެ ޢަމަލުކުރައްވަން ވާނެކަމުގައި ދަންނަވަމެވެ.

  1. ނީލަމުގައި ނަގާތަކެތި  ނީލަންކިޔާ ދުވަހުންފެށިގެން 15 ދުވަހުގެ ތެރޭގައި ގެންދިއުން.
  2. ނީލަމުގެ ފައިސާ ނީލަންކިޔާ ދުވަހުންފެށިގެން 07 (ރަސްމީ ހަތްދުވަހުގެ) ތެރޭގައި ދެއްކުން.
  3. ނީލަމުގެ ފައިސާ ކަންޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އިތުރުވާ ކޮންމެދުވަހަކަށް-/1ރ (އެކެއް) ރުފިޔާގެ ރޭޓުން ޖޫރިމަނާވާނެއެވެ
  4. ނީލަމުގައި ނަގާ ކޮންމެ އެއްޗެއްގައި ހުންނަ ނުގެންދާ ތަކެތި ނުވަތަ ބޭނުންވާބައި ނެގުމަށްފަހު ބާކީހުންނަ ތަކެތި ކުނިގޮނޑަށް ކުނިއުކާލުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ހަމަޖެހިފައިވާ އުޞޫލުން ކުނިގޮނޑަށް އުކާލުން 
12 މޭ 2025
ހޯދާ