ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓްގެ ދިދަ ޕޯސްޓް ހެދުން

މިކޯޓްގެ ދިދަ ޕޯސްޓް ހެދުން:

      

      މިކޯޓުން ދޭ މަޢުލޫމާތު އެއްގޮތަށް ދިދަ ޕޯސްޓް އަމިއްލަ ތަކެތީގައި ހަދައި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

ތަން

ދުވަސް

ތާރީޚް

ގަޑި

ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް

އާދިއްތަ

18   މޭ   2025

13:00

 

      މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް، 15 މޭ 2025 ވާ ބުރާސްފަތި  ދުވަހުގެ 09:00 ގައި މިކޯޓްގައި އޮންނާނެއެވެ.   

       ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18( ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަންބަރު:2014/19( ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީކާޑު ގެންގެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންގެވުން އެދެމެވެ.

        އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޓްގެ 6780660 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

            ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.                

‏14  ޛުލްޤަޢިދާ  1446

‏  12   މޭ      2025

12 މޭ 2025
ހޯދާ