ދިވެހިރާއްޖެ
މި އިޢުލާންވަނީ 20 މޭ 2025 11:52 ގައި ބާތިލް ކުރެވިފައެވެ.
މިރަށު ޤަބުރުސްތާނު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 މޭ 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކޯޓޭޝަން ހުށަހެޅުން އެދެމެވެ. ކޮޓޭޝަންގައި މަސައްކަތް ކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަނާއެކު ހުށަހަޅުއްވުން އެދެމެވެ.
މައިގަނޑު މަސައްކަތްތައް:
- ޤަބުރުސްތާންގެ ވިނަތައް ނޮޅައި ބިން ސާފުކުރުން (ނޮޅައި ނެގޭ ވިނަތަށް ކައުންސިލް އިދާރާއިން އަންގާ ތަނަކަށް ގެންގޮސް ނައްތާލުން)
- ދުންނިކަގަހުގެ ތިރިވެފައިވާ އަފިތައް ކޮށުން.
- ޤަބުރުސްތާނު ނޮޅުމުގެ ތެރޭގައި ނެގޭ ގަލާއި އަކިރި އަދި ފަނާނުވާ ޒާތުގެ ކުނިނަގައި މިފަދަ ކުނިތައް ނައްތާލުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ނައްތާލުން.
މި މަސައްކަތާގުޅޭގޮގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ 4001060 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.