ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާކުރުމާގުޅޭ

                   ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާކުރުމާގުޅޭ

ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭނަކީ 2002 ގައި އެކުލަވާލެވި އަދި ކޮންމެ 10 އަހަރަކުން މުރާޖާ ކުރެވޭ ޤައުމީ ޕްލޭނެކެވެ. މިޕްލޭނަކީ، ދިވެހިރާއްޖޭގެ ދިރުންތަކުގެ ސިންދިފާތު

ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެކުލަވާލެވޭ ޕްލޭނެކެވެ.

މިޕްލޭން މުރާޖާކުރުމަށްޓަކައި، ބޭއްވޭ މަޝްވާރާ ބައްދަލުވުން 20 މޭ 2025 ވާ އަންގާރަ ދުވަހު ނައިފަރުގައި ބޭއްވުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބޭހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން މިމަޝްވަރާ ބައްދަލުވުމުގައި، ބައިވެރިވާން ޝައުޤުވެރިވާ މިދަންނަވާ ދާއިރާތައް ތަމްސީލްކުރައްވާނެ، ކޮންމެ ދާއިރާއަކުން 1 ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. އެފަރާތްތަކުން، 13 މެއި 2025 ވާ

އަންގާރަ ދުވަހުގެ 12:00 ގެ ކުރިން (ދާއިރާގެ ނަން އަދި އެދާއިރާގެ ތަޖުރިބާގެ މުއްދަތު، އައިޑީ ކާޑުގެ ކޮޕީ، ގުޅޭ ފޯނު ނަންބަރު) ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 9960463 އަށް ގުޅުއްވުން އެދެމެވެ.   

  • ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތެއް.
  • މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތެއް.
  • ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތެއް.
  • އަމިއްލަ ވިޔަފާރީގައި އުޅުއްވާ ފަރާތެއް.
  • މަދަނީ ޖަމިއްޔާއެއްގައި މަސައްކަތް ކުރައްވާ ފަރާތެއް.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 މޭ 2025
ހޯދާ