ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދަށް މަގުތައް ޒީނަތްތެރިކުރުން

އަޟްޙާ ޢީދަށް ފެލިދޫގެ މަގުތައް ޒީނަތްތެރިކުރުމުގެ ގޮތުން ގޯތިން ބޭރުގައި ބަހައްޓާފައި ހުންނަ ޖޯލިފަތި ފިޔަވާ، މަގުމައްޗަށްވާގޮތަށް ބަހައްޓާފައި ހުރި އެހެނިހެން ތަކެތި މިއަދުން ފެށިގެން 15 ދުވަސްތެރޭގައި ހުރިހާ ފަރާތްތަކުންވެސް ނެންގެވުމަށް ދަންނަވަމެވެ.

މިމުއްދަތުގެ ތެރޭގައި މިދެންނެވި ގޮތަށް އަމަލުނުކޮށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެނެސް ނީލަން ކިޔުމާއި، އުކާލަން ނުވަތަ ނައްތާލަންޖެހޭ ޒާތުގެ ތަކެތި ނައްތާލެވޭނެކަން އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި މިދެންނެވި ތަކެތި ރަށުގެ އެހެން އެއްވެސް ސަރަޙައްދަކަށް ޖަމާކުރުމަކީވެސް މަނާކަމެއްކަމުގައި ދަންނަވަމެވެ.

މިކަމަކީ ޢީދަށް މަގުތައް ސާފުތާހިރުކުމާއި ރަށުތެރެ ޒީނަތްތެރިކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމުގައިވާތީވެ މިކަމުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަކީ މިކައުންސިލުން ވަރަށް އެދޭ ކަމެއް ކަމުގައި ދަންނަވަމެވެ.

 

11 މޭ 2025
ހޯދާ