ދިވެހިރާއްޖެ
(IUL)403-A/403/2025/63:ނަންބަރު
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ލ.މާމެންދޫ ބަނދަރުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ވިޔަފާރިބިންތަކުގެ، މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
| 
 ތަފްޞީލް  | 
 ދުވަސް  | 
 ތަން  | 
|
| 
 ބީލަމުގައި ރަޖިސްޓްރީވުން  | 
 22 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމައަށް  | 
 ލ.މާމެންދޫ ކައުންސިލް އިދާރާ  | 
|
| 
 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  | 
 މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.  | 
||
| 
 ބީލަން ހުށަހެޅުން  | 
 01 ޖޫން 2025 (އާދިއްތަ)  | 
 11:30 ގައި  | 
 ލ.މާމެންދޫ ކައުންސިލް އިދާރާ  | 
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 27 މޭ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި
ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް 12 މޭ 2025 ވާ ހޯމަ ދުވަހުން ފެށިގެން 28 މޭ 2025 ވާ ބުދަ
ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
13 ޛުލްޤަޢިދާ 1446ހ
