މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)322/322/2025/43 އިޢުލާނުގައި، ބޭނުންވާ ބައެއް މަޢުލޫމާތުތައް ހިމެނިފައިނުވާތީ، މި އިޢުލާނު ބާޠިލުކޮށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 12 މެއި 2025 އިން 14 މެއި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
- ބިޑްގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމާއި ބީލަން ފޮތް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
- އިތުމަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 15 މެއި 2025ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ކައުންސިލް އިދާރާއަށް ދުރުވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 މެއި 2025 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއާއި ދުރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އީމެއިލް: [email protected]
11 މޭ 2025
ހޯދާ