ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 208 ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 208 ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 30 އޭޕްރީލް 2025 ، ބުދަ
02 ޛުލްޤަޢިދާ 1446
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 23 އޭޕްރީލް 2025 އިން 29 އޭޕްރީލް 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- 4 ވަނަ ދައުރުގެ 2025/07/4/197/385 ވަނަ ޖަލްސާގައި މަޝްވަރާކުރެވުނު ބަނދަރުން ޢާއްމުކޮށް ކަރަންޓް ދޫކުރުމަށް އަގު ކަނޑައެޅުމުގެ މައްސަލަ އަލުން ރިވިއު ކުރުން
- ބަނދަރު ބޭރުފަރާތުގައި އޮންނަ ބީޗް ( އޮޕޭރާ ) ބިޑް އުސޫލުން ކުއްޔަށް ދޫކުރުމުގެ މައްސަލަ
- ސައިކަލް ލައިސަންސް ދޫކުރުމަށް ޓްރެކް އެޅުމަށް ބިމެއް ކަނޑައެޅުމަށް މަޝްވަރާކުރުން
- މޯޑް ހަކަތަ ތެޔޮ ބިމުގެ މުއްދަތު އިތުރު ކުރުމަށާއި ބިން ބޮޑު ކުރުމަށް އެދި 17 މާރިޗް 2025 ސިޓީ ގައި ހުށަހަޅާފައިވާ މައްސަލަ
- 4 ވަނަ ދައުރުގެ 2025/18/4/208/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 23 އޭޕްރީލް 2025 އިން 29 އޭޕްރީލް 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- 4 ވަނަ ދައުރުގެ 2025/07/4/197/385 ވަނަ ޖަލްސާގައި މަޝްވަރާކުރެވުނު ބަނދަރުން ޢާއްމުކޮށް ކަރަންޓް ދޫކުރުމަށް އަގު ކަނޑައެޅުމުގެ މައްސަލަ އަލުން ރިވިއު ކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު 1. ކައުންސިލުގެ ވާގަނޑުގައި ކަރަންޓް ދޫކުރާނަމަ ވާގަނޑުގެ ފީގެ ގޮތުގައި 24 ގަޑީއިރަށް -/50 ރު ( ފަންސާސް ރުފިޔާގެ ) ފީއެއް ނެގުމަށާއި 2. އަދި ހިނގާ ކޮންމެ ކަރަންޓް ޔުނިޓަކަށް -/8 ރު ( އަށެއް ރުފިޔާގެ ) ފީއެއް ނެގުމަށާއި 3. އަދި ޔުނިޓެއް ހަމަނުވެ ހުންނަ ބަޔަށްވެސް -/8 ރު ( އަށެއް ރުފިޔާގެ ) ފީއެއް ނެގުމަށާއި 4. އަދި ކަރަންޓް ދޫކުރެވޭނީ ރޭގަނޑު 12.00 އަށް ކަމުގައި ކަނޑައަޅައި މިކަމުގައި އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- ބަނދަރު ބޭރުފަރާތުގައި އޮންނަ ބީޗް ( އޮޕޭރާ ) ބިޑް އުސޫލުން ކުއްޔަށް ދޫކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު އިތުރަށް މި މައްސަލަ އާއި ގުޅިގެން ވިސްނައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް މެމްބަރުންނަށް ފާހަގަ ކުރެއްވޭތީ މި މައްސަލަ އެހެން ޖަލްސާއަކަށް ގެންދިއުމަށް އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- ސައިކަލް ލައިސަންސް ދޫކުރުމަށް ޓްރެކް އެޅުމަށް ބިމެއް ކަނޑައެޅުމަށް މަޝްވަރާކުރުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު މި މައްސަލަ އާއި ގުޅިގެން ވިސްނައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް މެމްބަރުންނަށް ފާހަގަ ކުރެއްވޭތީ މި މައްސަލަ އެހެން ޖަލްސާއަކަށް ގެންދިއުމަށް އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- މޯޑް ހަކަތަ ތެޔޮ ބިމުގެ މުއްދަތު އިތުރު ކުރުމަށާއި ބިން ބޮޑު ކުރުމަށް އެދި 17 މާރިޗް 2025 ސިޓީ ގައި ހުށަހަޅާފައިވާ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު އިތުރަށް މި މައްސަލަ އާއި ގުޅިގެން ވިސްނައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް މެމްބަރުންނަށް ފާހަގަ ކުރެއްވޭތީ މި މައްސަލަ އެހެން ޖަލްސާއަކަށް ގެންދިއުމަށް އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/18/4/208/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 208 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
# |
ނަން |
މަޤާމު |
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
ޖަލްސާގެ ހާޒިރީ |
|||
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ކ |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
11 މޭ 2025
ހޯދާ