ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ޓްއަރިޒަމް ޒޯން ސަރަހައްދުގެ މަގުތައް ވެހިކަލް ދުއްވޭވަރަށް ހެދުމުގެ މަސައްކަތް ކުރުން
މިއިދާރާގެ ނަމްބަރ: (IUL)262/262/2025/42 (06 މެއި 2025) އިޢުލާން ބާޠިލްކޮށް އަލުން ޓްއަރިޒަމް ޒޯން ސަރަހައްދުގެ މަގުތައް ވެހިކަލް ދުއްވޭވަރަށް ހެދުމަށް އިޢުލާން ކުރަމެވެ.
ހދ.ނޮޅިވަރަންފަރު ޓްއަރިޒަމް ޒޯން ސަރަހައްދުގެ މަގުތައް ވެހިކަލް ދުއްވޭވަރަށް ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީކުރުމުގެ ސުންގަޑި 18 މެއި 2025 (އާދީއްތަ) 14:00 އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/0ZX4zZQdn1
ޕްރީ ބިޑް މީޓިން 18 މެއި 2025 (އާދީއްތަ) 10:00 އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 20 މެއި 2025 (އަންގާރަ) 10:00 އަށް
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް، ކުރެހުން، ބިޑްބުކް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 18 މެއި 2025 (އާދީއްތަ)14:00 ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.