ދިވެހިރާއްޖެ
"ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުޞޫލު 2023 (އިޞްލާޙު 1)" އަށް އަންނަނިވި އިސްލާޙު ގެނެސް، "ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުޞޫލު 2023 (އިޞްލާޙު 2)" އާންމުކުރީމެވެ.
ވީމާ، 2025 މޭ 8 ވަނަ ދުވަހުން ފެށިގެން އިޢުލާނުކުރެވޭ ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މަރުޙަލާތައް މި އުޞޫލާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ދަންނަވަމެވެ.
"ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުޞޫލު 2023 (އިޞްލާޙު 2)" އާއި، މި އުޞޫލާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބެންހުންނާނެކަމުގައި ވެސް ދެންނެވީމެވެ.
https://www.csc.gov.mv/Policy/Index/33
"ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުޞޫލު 2023 (އިޞްލާޙު 2) އިން ގެނެސްފައިވާ ބަދަލު:
އުޞޫލުގެ 8.1 ގެ (ޅ) "ނޮން-ކްލިނިކަލް ނަރސިންގެ ޕްރޮފެޝަނަލްސް" ގެ ކްރައިޓީރިއާގެ ބަޔަށް ރެޖިސްޓަރޑް ނަރސް ނޮން- ކްލިނިކަލް (ޕަބްލިކް ސަރވިސް ރޭންކު 5) އަށް ޕޮއިންޓްދެވޭނޭ ކްރައިޓީރިއާ އިތުރުކުރެވިފައި.