މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އިމްތިޙާނުގެ ނަތީޖާ އަދި ފިޒިކަލް ފިޓްނަސް ޓެސްޓާއި ގުޅޭ

      މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2025/26 (30 އޭޕްރީލް 2025) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

      ހަވާލާދީފައިވާ އިޢުލާނުތަކުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ބޭއްވުނު އިމްތިޙާނުގެ ނަތީޖާ، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

      "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 8 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އެ ޓެސްޓު ބާއްވާނެ ތާރީޚާއި، ތަނާއި އަދި ގަޑި މި އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރެވިފައި ވާނެއެވެ. އަދި ފިޒިކަލް ފިޓްނަސް ޓެސްޓްގެ ބައިތައް ހިމެނޭ "ކަސްޓަމްސްގެ ވަޒީފާއަށް ވަނުމަށް ދެވޭ ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް" ކަރުދާސް މި އޮފީހުގެ ވެބްސައިޓުގައި  (https://www.customs.gov.mv/Media/Documents/careers)  އާންމުކުރެވިފައިވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

      މި މައުލޫމާތާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، 11 މޭ 2025 ގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.

08 މޭ 2025
ހޯދާ