ދިވެހިރާއްޖެ
| 
 މަޤާމު: އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން  | 
 ބޭނުންވާ އަދަދު: 1 (އެކެއް)  | 
| 
 މަޤާމުގެ ނަންބަރު: 188-OD/22/2015/14  | 
 މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެނިކަލް އޮފިސަރ ގްރޭޑް 2  | 
| 
 މަޤާމުގެ ރޭންކް: ޖީ.އެސް 4  | 
|
| 
 ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މަދަރުސަތުއް ޝައިޚް އިބުރާހީމް ހއ.ކެލާ  | 
 މަޤާމުގެ ގިންތި: ދާއިމީ  | 
| 
 މުސާރަ: -/5020 ރުފިޔާ  | 
 ސަރވިސް އެލަވަންސް: -/1500 ރުފިޔާ  | 
| 
 އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ އެހެނިހެން ޢިނާޔަތްތައް، ސިވިލް ސަވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.  | 
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލްގެ ކޮމްޕިއުޓަރުތަކާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
 - ސްކޫލުގެ ކޮމްޕިއުޓަރތަކުގެ ސްފްޓްވެއަރއާއި ހާރޑްވެއަރ އަޕްޑޭޓްކޮށް ބެލެހެއްޓުން.
 - ސުކޫލްގެ ކޮމްޕިއުޓަރ ނެޓްވާރކް ބެލެހެއްޓުން.
 - ސުކޫލްގެ އިންޓްރާނެޓް ޤާއިމުކޮށް ބަލަހައްޓާ އަޕްޑޭޓް ކުރުން.
 - އެންޓިވައިރަސް އަޕްޑޭޓްކުރުން.
 - ކަނޑައެޅިފައިވާ އުސޫލުން ކޮމްޕިއުޓަރ ލިޓަރަސީ ޕްރޮގުރާމް ދަރިވަރުންނަށް ހިންގުން.
 - ހަފްތާއަކު އެއްފަހަރު ކޮމްޕިއުޓަރުތައް ސްކޭންކޮށް ޑީފްރެގްމެންޓްކުރުން.
 - ކޮމްޕިއުޓަރތަކުގެ ރިސައިކަލްބިން ހަފުތާއަކު އެއްފަހަރު ހުސްކުރުން.
 - ބޭނުން ނޫންފައިލްތައް މަހަކު އެއްފަހަރު ނައްތާލުން.
 - އެއްވެސް ކޮމްޕިއުޓަރަކަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ވެރިއަކަށް ދަންނަވާ އެމައްސަލަ ޙައްލުކުރުން.
 - ކޮމްޕިއުޓަރުތައް މަރާމާތުކުރުމާއި މާލެ ފޮނުވަން ޖެހިއްޖެހާލަތެއްގައި މާލެ ފޮނުވުމަށާއި ގެނައުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
 - އިންޕޮމޭޝަން ޓެކްނޮލޮޖީގެ ގޮތުން ސްކޫލަށް ހޯދޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
 - ސްކޫލުގެ ކޮމްޕިއުޓަރުތައް އެއްތަނުން އަނެތްތަނަށް ބަދަލުކުރުމުގެ ކުރިން ވެރިއަކަށް ދެންނެވުން.
 - ބައުވެ ނުވަތަ ހަލާކުވެ ބޭނުން ނުކުރެވޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ސްކޫލު އޮފީހަށް ހުށަހަޅަމުން ގެންދިއުން.
 - މަސައްކަތު މީހުންގެ އެހީއާއެކު ކޮމްޕިއުޓަރުތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
 - ޘާނަވީ ކުދިންނަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންތައްތައް ރޭވުމާއި ކުދިން އިންޓަރނެޓްގެ ޚިދުމަތް ހޯދާއިރު އެކަން މޮނީޓަރކޮށް އެޚިދުމަތް ލިބިގަންނަނީ ހެޔޮގޮތުގައިތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުއެޅުން.
 - ސްކޫލުގެ ބެލް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބަރާބަރަށް ބެލް ޖެހޭނޭގޮތް އިންތިޒާމުކުރުން.
 - ސްކޫލުން ހިންގާ ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކަށް ސައުންޑް ތައްޔާރުކުރުމާއި ފޮޓޯނެގުމާއި މޫވީ ކުރުމުގެ ކަންތައްތައް ކުރުން.
 - އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސްކޫލުގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުން.
 - އޯޑިއޯ ވިޝުއަލްއާ ގުޅޭ ތަކެތި ބެލެހެއްޓުން
 - ކޮމްޕިއުޓަރ ލެބްގެ ކޮމްޕިއުޓަރތަކުގައި ޓީޗަރުން ރައްކާކުރާ ޓެސްޓް ޕޭޕަރތައް ފަދަ މުހިންމު ލިޔުންތައް ސިއްރުކޮށް އެހެން ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ނުދިނުން.
 - ޖަލްސާތަކާއި ބައްދަލުވުންތަކުގައި ސައުންޑް ސިސްޓަމް ބޭނުންކުރަން ޖެހިއްޖެނަމަ އެކަން އިންތިޒާމުކުރުން.
 
އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.
މަޤާމުގެ ޝަރުޠު:
- އިންފޮމޭޝަން ޓެކްނޮލެޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
 - މަތީ ސާނަވީ އިމްތިޙާނަކުން 2 (ދޭއް) މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
 - ސާނަވީ އިމްތިޙާނަކުން 2 (ދޭއް) މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަރވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަރވިއު ކުރުން އޮންނާނީ، 2015 ސެޕްޓެންބަރު 14 ގައި މަދަރުސަތުއްޝައިޚް އިބްރާހީމް/ ހއ.ކެލާ ގައެވެ.
ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މަދަރުސަތުއްޝައިޚް އިބްރާހީމް/ ހއ.ކެލާ، ކައުންޓަރަށް.
 - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 13:45 ގެ ކުރިން.
 
ނޯޓް:
މި އިޢުލާނާ ގުޅިގެން މީގެ ކުރިން މިކަމަށް ކުރެވުނު ނަންބަރު (GS78/IULAAN/2015/06) އިޢުލާން ވަނީ ބާޠިިލުކުރެވިފައެވެ.
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި (06:45 ން 13:45 ން) މަދަރުސަތުއްޝައިޚް އިބްރާހީމް/ ހއ.ކެލާ، ގެ 6500097 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
