ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢީދު ކުޅިވަރުތައް ލައިވްކުރުމާއި ފޮޓޯނެގުމާއި ބައެއް ޙަރަކާތްތައް މެނޭޖުކުރުން

ހއ. ދިއްދޫ ގައި 1446 ވަނަ އަހަރުގެ އަޟްޙާޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމާފައިވާތީ، ޢީދު ކުޅިވަރުތަކާއި ޢީދު ޝޯވްތައް ލައިވްކޮށް އަދި ޢީދު ޙަރަކާތްތަކުގެ ފޮޓޯ ނަގައި އަދި ބައެއް ޙަރަކާތްތައް މެނޭޖުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

(ހ) ޢީދު ކުޅިވަރުތަކާއި ޢީދު ޝޯވްތައް ލައިވްކޮށް އަދި ޢީދު ޙަރަކާތްތަކުގެ ފޮޓޯ ނަގައި އަދި ބައެއް ޙަރަކާތްތައް މެނޭޖުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 8 މޭ 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

(ށ)  ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 މޭ 2025 ވާ ހޯމަ ދުވަހުގެ 10:30 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ މަސައްކަތާއި ގުޅޭ ލިޔުންތައް މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.

08 މޭ 2025
ހޯދާ