ދިވެހިރާއްޖެ
މަޤާމު: ޕްރިންޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ރޭންކް: އެސް.އެސް. 2
މަޤާމުގެ ނަންބަރު: 252430
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
މުސާރަ: -/3875 (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ
ސަރވިސް އެލަވަންސް: -/1000 (އެއްހާސް) ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ އެހެނިހެން ޢިނާޔަތްތައް، ސިވިލް ސަވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
ވަޒީފާ އޮތް އޮފީސް: މަދަރުސަތުއްޝައިޚް އިބްރާހީމް/ ހއ.ކެލާ
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ތަން: މަދަރުސަތުއްޝައިޚް އިބްރާހީމް/ ހއ.ކެލާ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ދުވަހުން ދުވަހަށް ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ޕްރިންޓްނެގުމާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން (ޓެސްޓާ ގުޅުން ހުރި ލިޔުމެއްނަމަ އެފެންނަންޖެހޭ ފަރާތްނޫން އެހެންފަރާތްތަކަށް ނުފެންނާނޭހެން ބެހެއްޓުން)
 - އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ހާލަތްތަކާއި އަދި އެހެން ހާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރެއްވުން.
 - ކޮންމެދުވަހެއްގެ ޕްރޮގުރާމް ތައްޔާރުކޮށް ނޯޓިސްބޯޑްތަކަށް ނެރުން
 - އޮފީސްތެރެ އަބަދުވެސް ތަރުތީބުކުރަން ވާނެއެވެ.
 - ސްކޫލް އޮފީހަށް އެކި އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް އިޙުތިރާމްކުރަން ވާނެއެވެ.
 - ބޭނުންކުރާ މެޝިނަރީޒްތައް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަން ޖެހޭނެއެވެ.
 - ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތް ވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވާންވާނެއެވެ.
 - ސްކޫލްގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެ ގޮތަކަށެވެ.
 - ސްކޫލްގެ އެއްވެސް ސިއްރެއް އެއްވެސް ފަރާތަކަށް ހާމަ ކުރުމަކީ މުޅިން މަނާ ކަމެކެވެ.
 - ސްކޫލްގައި އަދި ސްކޫލުން ބޭރުގައިވެސް އެއްވެސް ކުއްޖެއްގެ ފަރާތުން ކުދިންނާއި އެކަށީގެންނުވާ ކަމެއް ފެނިއްޖެނަމަ ވަގުތުން ސްކޫލްގެ ވެރިންނަށް އަންގަންވާނެއެވެ.
 - ދަރިވަރުންނާއި މުދައްރިސުންނާ ވާހަކަދެއްކުމުގައި އަދަބުވަރިކަމަށް ސަމާލުކަން ދޭންވާނެއެވެ.
 - މުވައްޒިފުންގެ ގޮތުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އަދި ޙަރަކާތެއްގައި ވީވަރަކުން އެހީތެރިވެ އެއްބާރުލުން ދޭން ވާނެއެވެ.
 - އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއްކުރަން ނޭންގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލުގެ ވެރިންނަށް އަންގަންވާނެއެވެ.
 - އޮފީހުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.
 - އަބަދުވެސް ހެދުން އެޅުމުގައި ސާފުތާހިރުވުން އިސްކުރަންވާނެއެވެ. އަދި ރަސްމީގަޑީގައި ރަސްމީކޮށް ހުންނަންވާނެއެވެ.
 - މުވައްޒަފުންކުރާ މަސައްކަތްތަކުގައި އެހީތެރިކަން ދޭންވާނެއެވެ.
 - އެކަކު އަނެކަކަށް އެހީތެރިވުމަކީ މަސައްކަތްތަކަށް ފަސޭހަ ވުމާއި އަވަސްވާނެކަމެއް ކަމަށް ބަލައި އެކަންކަން އިސްކުރަންވާނެއެވެ.
 - ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން
 - އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.
 
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 - މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
 - ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއެކު، އެމަސައްކަތް ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަރވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއު ކުރުން އޮންނާނީ، 2015 ސެޕްޓެންބަރު 14 ގައި މަދަރުސަތުއްޝައިޚް އިބްރާހީމް/ ހއ.ކެލާ ގައެވެ.
ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މަދަރުސަތުއްޝައިޚް އިބްރާހީމް/ ހއ.ކެލާ، ކައުންޓަރަށް
 - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 13:45 ގެ ކުރިން
 
ނޯޓް:
މިއިޢުލާނާ ގުޅިގެން މީގެ ކުރިން މިކަމަށް ކުރެވުނު ނަންބަރު (GS78/IULAAN/2015/05) އިޢުލާންވަނީ ބާޠިލުކުރެވިފައެވެ.
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި (06:45 ން 13:45 އަށް) މަދަރުސަތުއްޝައިޚް އިބްރާހީމް/ ހއ.ކެލާ، ގެ 6500097 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
