ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫގެ އިޖުތިމާއީ ސަރަހައްދުން ބައެއްތަންތަން ކުނިކަހާ ސާފުކުރުމާބެހޭ

އިޢުލާން

ތ. ކަނޑޫދޫގެ އިޖުތިމާއީ ސަރަހައްދުން ބައެއްތަންތަން ކުނިކަހާ ސާފުކުރުމާބެހޭ

 

                  މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތ. ކަނޑޫދޫގެ އިޖުތިމާއީ ސަރަހައްދުން ބައެއްތަންތަން ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަންކުރި މިއިދާރާގެ ނަންބަރު (IUL)387/387/2025/12 (20 އޭޕްރީލް 2025)ގެ އިއުލާނާގުޅިގެން އެސްޓިމޭޓް ހުށަހެޅުއްވި އެންމެހާ ފަރާތްތަކަކީވެސް މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ވިޔަފާރިއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަކަށް ނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

                  ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 12 މެއި 2025 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 15 މެއި 2025 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

 

                  10 ޛުލްޙިއްޖާ 1446

                  08 މެއި    2025

08 މޭ 2025
ހޯދާ