މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ސައިންޓިފިކް މަޢުލޫމާތު ނެގުމުގައި ހަރަކާތްތެރިވާނެ ފިޝަރީޒް އޮބްޒާވަރުން

ދިވެހިރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާއި ބެހޭ ސައިންޓިފިކް މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމެއް ވަނީ ފެށިފައެވެ. އެގޮތުން މި މަޢުލޫމާތު އެއްކުރުމުގައި ޙަރަކާތްތެރިވާނީ ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ) ގެ 69 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ގަވާއިދު) ގެ 24 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2022/R-139 (ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު) ގެ 21 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީން ޢައްޔަނުކޮށްފައިވާ އަންނަނިވި ފިޝަރީޒް އޮބްޒާވަރުންނެވެ.

  1. އަބްދުﷲ ފިސާމް (އެމްޕްލޯއިމަންޓް އައި.ޑީ: 1578)
  2. އަހްސަން މުހައްމަދު (އެމްޕްލޯއިމަންޓް އައި.ޑީ:1143)
  3. އަހްމަދު އުމެއިރު މުހައްމަދު ހަމީދް (އެމްޕްލޯއިމަންޓް އައި.ޑީ: 1246)
  4. މުހައްމަދު ނާޒިމް (އެމްޕްލޯއިމަންޓް އައި.ޑީ: 1314)
  5. ހަސަން މުޚްތާރު (އެމްޕްލޯއިމަންޓް އައި.ޑީ: 1321)
  6. އިބްރާހިމް ހުސެއިން (އެމްޕްލޯއިމަންޓް އައި.ޑީ: 1337)
  7. މުހައްމަދު ޝަބީން (އެމްޕްލޯއިމަންޓް އައި.ޑީ: 1360)
  8. އަހްމަދު އިޝާން ރަޝީދު (އެމްޕްލޯއިމަންޓް އައި.ޑީ: 1568)
  9. އާނިމް މުހައްމަދު (ރިކޯޑް ކާރޑް ނަންބަރ: 102315)
  10. ނަބީލް އަބްދުލް މުހްސިން (ރިކޯޑް ކާރޑް ނަންބަރ: 100463)
  11. މަރިޔަމް ޝާމާ (ރިކޯޑް ކާރޑް ނަންބަރ: 83044)
  12. ހަމްދާ ހުސައިން ރަޝީދް (ރިކޯޑް ކާރޑް ނަންބަރ: 103263)

13. ޝިމްހާޒް ވާފިރު (އެމްޕްލޯއިމަންޓް އައި.ޑީ: 1564)

14. އަހްމަދު ޖަޔަޝަން ހަސަން (އެމްޕްލޯއިމަންޓް އައި.ޑީ: 1569)

15. އަލީ ޔާނިއު (އެމްޕްލޯއިމަންޓް އައި.ޑީ: 1570)

16. އާމިނަތު މިޝްކާ ނަޒީރު (އެމްޕްލޯއިމަންޓް އައި.ޑީ: 1575)

17. އިޔާދް އަބްދުލް ވައްހާބް (އެމްޕްލޯއިމަންޓް އައި.ޑީ: 1576)

އެހެންކަމުން، މިނިސްޓްރީގެ ފިޝަރީޒް އޮބްޒާވަރުން އާންމުކޮށް މަސްކިރުވާ ބަނދަރުތަކުން މަސްވެރި އުޅަނދުތަކަށް އަރައި، ދަތުރުގައި ބައިވެރިވެ، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި، ގަވާއިދު ނަންބަރު 2022/R-139 ގެ 21 ވަނަ މާއްދާގެ ދަށުން، އުޅަނދުތަކުގެ ކެޔޮޅުންނާއި ޒިންމާދާރު ވެރިންގެ އެއްބާރުލުން ދެއްވުން އެދެމެވެ.

08 މޭ 2025
ހޯދާ