ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނީ ކައުންސިލުން ހިންގާ ޕްރީ ސްކޫލް އިމާރާތް މަރާމާތު ކުރުން

 

އިޢުލާން

 ކޮޅުމަޑުލު ބުރުނީ ކައުންސިލުން ހިންގާ ޕްރީ ސްކޫލް އިމާރާތް މަރާމާތު ކުރުން

 

މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރީ ސްކޫލް އިމާރާތް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ( ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. 

ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 21 މޭ 2025 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 500.00ރ ( ފައްސަތޭކަ ) ރުފިޔާގެ ނޮންރިފަންޑަބަލް ފީއެއް ދައްކަވަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

 

ފައިސާބަލައިގަންނާނީ 11 މޭ 2025 އިން 21 މޭ 2025 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 13:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް އެދޭ ފަރާތުގެ ނަމާއި އެޑުރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އަދި ފައިސާ ދެއްކި ސްލިޕުގެ ކޮޕީ [email protected] އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.

 ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބިޑަށް ކުރިމަތިލާފަރާތުގެ ޒިންމާއެކެވެ. އަދި ބީލަމުގައި ރަޖިސްޓަރީވުމަށް ދައްކަންޖެހޭ ފައިސާ ދައްކައި ކައުންސިލަށް މެއިލް ލިބުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާ އެކެވެ.

މި ބިޑާއިގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 21 މޭ 2025 ވަނަ ދުވަހުގެ 13:00 ގެކުރިން [email protected] އީމެއިލް އެޑްރެހަށެވެ. ބިޑުތައް ހުޅުވުން އޮންނާނީ 28 މޭ 2025 ވަނަ ދުވަހުގެ 13:00 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއިވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަންލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނި ކައުނަސިލް އިދާރާ/ ރޯޝަނީމަގު ތ.ބުރުނި

ފޯން:  6780038

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ޛުލްޤައިދާ 1446

07 މޭ 2025
ހޯދާ